ޚަބަރުސިޔާސީ

ދިވެހީންގެރާއްޖެ މަޖިލީހަށް: ރައީސް ދައުވަތު ދެއްވީ އެންމެން އެކުގައި ގުޅިގެން ކާމިޔާބީ ހާސިލްކުރުމަށް!

ސިޔާސީ ވާދަވެރިކަން އެއްފަރާތް ކޮށް، ސިޔާސީ ލީޑަރުން ގުޅިގެން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ދެން ފެނިގެންދާނީ އަންނަން އޮތް ޖީލުތަކަށް އުފާފާގަތިކަން ގެނުވައިދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ މަންޒަރެވެ. ދިވެހިންނަކީ އަމިއްލައަށް ބަސް ބުނެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް މިހާރު ސާފުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ލީޑަރުން، ސިޔާސީ ވާދަވެރިކަން ދޫކޮށް، ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ވަނީ ދައުވަތު ދެއްވާފައެވެ.

”ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރި އޮޅާލައިގެން ހިނގާށޭ ކުރިއަށް ދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްމެންނަށް އެއިން ލިބޭނީ އުފާވެރިކަން. އަޅުގަނޑު ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ކޮންމެ ޕާޓިއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ބޭފުޅަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު،“ ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނަށް ނަސްރު ދިނުމުގެ ހިތްވަރު އާލާކޮށް، ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަމުގެ ރޫހު އަލުން އިއާދަކޮށް، ހަގީގީ މާނާގައި ރާއްޖެއަށް ހަމަޖެހުން ގެނައުމުގެ އަޒުމް އައު ކުރުމަށްވެސް ރައީސް ޑރ. ގޮވާލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button