ޚަބަރު

އަހަރު ނިމޭއިރު މި އަހަރުގެ ޚަރަދުތައް 14.6 ބިލިއަން ރުފިޔާއަށް

އަހަރު ނިމޭއިރު މި އަހަރުގެ ޚަރަދުތައް 14.6 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރީ 31.9 ބިލިއަން ރުފިޔާއެވެ. އަހަރު ނިމޭއިރު މި އަހަރުގެ ޚަރަދުތައް 47.2 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މި އަހަރުގެ ޚަރަދުތައްވަނީ ފާއިތުވި އަހަރާ އަޅާއިރު 17.9 އިންސައްތަ އިތުރުވެފައެވެ.

މި އަހަރަށް ކަނޑައެޅި މިންވަރަށްވުރެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރަށް 6.5 ބިިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. އެ ބަޖެޓުގެ 90 އިންސައްތަ އަށްވުރެ ދަރަނި ބޮޑެވެ.

އަންދާޒާކުރި ވަރަށްވުރެ ދައުލަތުގެ ޚަރަދުތައް ބޮޑެވެ. ކުރިން އަންދާޒާ ކުރި ބަޖެޓު ޑެފިސިޓަކީ 8،620 މިލިއަން (8.6 ބިލިއަން) ރުފިޔާއެވެ. ނަމަވެސް މިހާރު އަންދާޒާކުރާ ގޮތުގައި އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓު 14،627 މިލިއަން (14.6 ބިލިއަން) ރުފިޔާއަށް އަރާނެއެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button