ޚަބަރުކުޅިވަރު

ރާއްޖޭގެ ކަމްބެކް ވަރަށް ވެސް ވަރުގަދަ

ރާއްޖޭގައި މިވަގުތު ކުރިއަށްދާ ސާފްޗެމްޕިއަންޝިޕް2021 ގައި ބަންގްލަދޭޝް އާއި ވާދަ ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު ( ހަމްޕު ) އެވެ. ހަމްޕު މި ލަނޑު ޖަހާފައިވަނީ އޯވާހެޑަކުންނެވެ. މިއީ މިއަހަރު މިމުބާރާތުގައި ޖެހި އެންމެ ރީތި ފުރިހަމަ އެއް ލަނޑެވެ.

ރާއްޖެއަށް 74 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އަލީ އަޝްފާގް ( ދަނގަޑޭ ) އެވެ.

މި މެޗަކީ މި މުބާރާތުގައި އެންމެ ގިނަ ފައުލްވެސް ކުރި އެއް މެޗެވެ. މި މެޗުގައި ބަނގްލަދޭޝްގެ ފަރާތުން އެކަނި ވެސް 30 ފައުލް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button