ޝާހިދުގެ ޝަރަފުގައި ރައީސް ޖާފަތެއް ދެއްވައިފި

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ޖާފަތެއް ދެއްވައިފި އެވެ.
ޝާހިދުގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ޝާހިދު ފުރުއްވާ ކަމީ ރާއްޖެއަށް ލިބޭ ފަހުރަކާ ޝަރަފެއް ކަމަށެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކޮވިޑް-19 އިން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއގުވާމީ މުޖްތަމައުގެ އެހީތެރިކަމާ އެހެން ގައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަމަށާއި އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށަވެވެ.
މި ޖާފަތުގައި ރައީސްގެ ދެކަނބަލުންނާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.