
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްސަލައާއި ގުޅިގެން ކުރީގެ އެންޓި ކްރޮޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދު ދައްކަވާފައިވާ ވާހަކަތަކެއްގެ އާ އޯޑިއޯތަކެއް ލީކް ވެއްޖެ.
ލީކު ވެފައިވާ އޯޑިއޯގައި މުއައްވިޒް ވިދާޅުވީ ވޮޑުމުލާގެ ވާހަކަ ނުވެސް ދަންނަ ކަމަށާއި، ރަށަކާއި އަޅުވާކިޔާ ތަހުގީގެއް ނުކުރާކަމާށެވެ.
މީގެ އިތުރުން އެ އޯޑިއޯގައި މުއައްވިޒް ވިދާޅުވީ މައްސަބަލާ ނުނިމޭ ކަމަށާއި ރައީސް ޔާމީންގެ އަތުގައި ހުރިފައިސާއަކީ ދައުލަތަަށް ލިބެންޖެހޭ ފައިސާ ކަމަކަށް ކަނޑައެއް ނާޅާކަމަށެވެ. އަދި އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހުން ތިބީ ޔޫކޭގަ ކަމަށާއި އެހެން ކަމުން އެ ތަހުގީގު ފުރިހަމަ ކަމަށް ގަބޫލު ނުކުރާކަމަށެވެ.
”ބިރު އޮތް، ހެކިބަސް ނުދޭން ނުދިޔަނަމަ އެންޓި ކްރޮޕްޝަން ކޮމިޝަނުންގެ ތެރެއިން ކޮންމެވެސް އެއްޗެއް ކްރީއޭޓް ކޮށްފާނެ ކަމުގެ ބިރު އޮތް“ މުއައްވިޒް ވިދާޅުވިއެވެ.
މުއައްވިޒް ވިދާޅުވިގޮތުގައި ރައީސް ޔާމީން އޭނާއަށް ނުފޫޒު ނުފޯރުވައެވެ. އަދި ރައީސް ޔާމީން އެ ދަރަޖައަށް ނުވެއްޓޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މުއައްވިޒް އިތުރަށް އިތުރަށް ވިދާޅުވީ ދައުލަތުން ރައީސް ޔާމީން މިނިވަން ކުރަން ބޭނުން ނުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރުން ހުއްޓުވުމަށް ކަމަށެވެ.