ވިޔަފާރި

މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ ގޮތް އާންމުކޮށްފި!

ކުރިޔަށް އޮތް ފަސް ދުވަހު މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކައް ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ ގޮތް އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.

އެ މިނިސްޓްރީއިން ކުރި އިއުލާނުގައި ވާގޮތުން މިގޮތަށް އަމަލު ކުރާނީ މިމަހުގެ 14 އިން 19 އަށެވެ. އެގޮތުން މުދަލުގެ ޑެލިވަރީގެ ހިދުމަތް ދޭ ތަންތަނަށް 2 ޑެލިވަރީ ފާހާއެކު 2 ސަޕޯޓް ސްޓާފުންނަށް ހުއްދަ ދޭނެއެވެ. ކެފޭ، ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ވިޔަފާރިތަކަށް 2 ޑެލިވަރީ ފާހާއެކު 4 ސަޕޯޓް ސްޓާފުންނަށް ހުއްދަ ދޭނެއެވެ. މި ދެ ވިޔާފާރިތަކުން ހުއްދައެއް އެދެން ޖެހޭނީ ޕޮލިސް ޕޯޓަލް https://www.police.gov.mv/permit/ މެދުވެރިކޮށެވެ.

ތިންވަނައަށް އާންމުކޮށްފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ހުއްދަ ދޭ އުސޫލެވެ. އެ ވިޔަފާރިތަކަށް ދޫކުރާނީ އެންމެ ފާހަކެވެ. އަދި ހުއްދައަށް އެދޭއިރު، ވިޔަފާރި ރެޖިސްޓްރޭޝަން ނަންބަރު، ހުއްދައަށް އެދޭ ފަރާތުގެ ފުރިހަމަ ނަން، މަގާމު، މޯބައިލް ނަންބަރު އަދި ހުއްދަ ބޭނުންވަނީ ކިތައް ގަޑިއިރަށްކަން ބަޔާންކުރަން ޖެހެއެވެ. މި ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް permit@trade.gov.mv މެދުވެރިކޮށެވެ. މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކަށް މުދާ ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް 2 ފާސް ދޫކުރާ ގޮތަށްވެސް އެ މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. އެގޮތުން ޕޮލިސް ޕޯޓަލް މެދުވެރިކޮށް އެތަންތަނުން ހުއްދައަށް އެދެވޭނެއެވެ.

ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ އަދަދަށްވުރެ އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްސީލާއި މައުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްސީލު permit@trade.gov.mv އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އެދިފައެވެ. އަދި ވިޔަފާރިތަކަށް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ އަދަދަށްވުރެ އިތުރަށް ބޭނުންވާނަމަ، އެ ވިޔަފާރިއެއްގެ މަސައްކަތްތަކަށް އިތުރަށް މުވައްޒަފުން ބޭނުންވާ މިންވަރު ބެލުމަށްފަހު ވަކި ގޮތެއް ނިންމާނެކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button