ޚަބަރު
ސުކޫލު ކުދިން ދެވަނަ ޑޯޒް ޖަހަން ފަށައިފި
ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އުމުރުން 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ދޭން ފަށައިފިއެވެ.
މި އުމުރު ފުރާގެ ކުދިންނަށް ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. މި އުމުރު ފުރާގެ ކުދިންނަށް ވެކްސިން ދޭން ފެށީ ނިމިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 300،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ވެސް ކޮށްފަ އެވެ