ޚަބަރު

ވެމްކޯ އިން ދޮރުން ދޮރަށް ގޮސް ކުނި ނަގަން ފަށަނީ

ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލުގެންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިއަދު ބުނީ މި މަހުގެ 15 ވަނަދުވަހުން ފެށިގެން އަނެއްކާވެސް ދޮރުން ދޮރަށް ގޮސް ކުނި ނަގަން ފަށާނެކަމަށެވެ. އެގޮތުން ގޭބީސީ ތަކަށް ގޮސް ކުނި ނެގުމަށް ހަމަޖެހިފައިވަނީ އިރު އޮއްސި 06:00 އަކުން ރޭގަނޑު 11:00 އަށެވެ.

ވެމްކޯއިން ބުނިގޮތުގައި މި މަހުގެ 15ގެ ފަހުން ވެމްކޯއިން ހިދުމަތްދޭނީ ހަމައެކަނި އެކިންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައެވެ. އަދި އަމިއްލައަށް ސައިޓަށްގޮސް ކުނި އުކާލުމަށް ދޫކުރެވިފައިވާ ހިދުމަތް މި މަހުގެ 15 ގެ ފަހުން މެދުކަނޑާލެވޭނެތީ ރަޖިސްޓްރީ ނުކޮށް ހުރި ފަރާތްތަކުންވެސް ވީހާވެސް އަވަހަކަށް ރަޖިސްޓރީ ވުމަށް އެކުންްފުނިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން މަގުމައްޗަށް ކުނިނެރުމަށާއި ރައްކާތެރިގޮތުގައި ކުނި ބަންދުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮއްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button