ޚަބަރުސިޔާސީ

ދިވެހި ތާރީޚް ނުދެކޭފަދަ ދަރަޖައަށް ވެއްޓިފައި މިވާ ހާލަތު 2023 ގައި ރައްޔިތުން ބަދަލުކުރާނެ: ޢަލީ ރަމީޒް

ދިވެހި ތާރީޚް ނުދެކޭފަދަ ދަރަޖައަށް ވެއްޓިފައިމިވާ ހާލަތު 2023 ގައި އިރާދަކުރެއްވިއްޔާ ރައްޔިތުން ބަދަލުކުރާނެ ކަމަށް ސަލަފް ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް މި ފެންމަތިވަމުންދާ ސިޔާސީ އެކި ފަރާތްތަކުގެ ފާހިޝް ޢަމަލުތަކާއި އަދި މިސަރުކާރުގެ އެކި ވެރިންނާއި މެދު ކުރެވޭ މުޑުދާރު ތުހުމަތު ތަކާއިގުޅޭ ބައެއް ސުރުޚީތައް ޢަލީ ރަމީޒް ވަނީ އޭނާގެ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

އެ ސުރުޚީ ތަކާއިއެކު ޢަލީ ވިދާޅުވީ ޤައުމުގެ ހާލަތު މިއަދު ވަނީ ދިވެހި ތާރީޚް ނުދެކޭފަދަ ނުތާހިރު ދަރަޖައަކަށް ވެއްޓިފައި ކަމަށެވެއަދި އިރާދަކުރެއްވިއްޔާ 2023 ގައި ރައްޔިތުން މި ހާލަތު ބަދަލު ކުރާނެ ކަމުގަައި ޢަލީ ވިދާޅުވިއެވެ.

ޢަލީ ރަމީޒް މިފަދައިން ވިދާޅުވެފައި ވާއިރު އެއްޖިއްސުން ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމްސައްތާރު ގެ ދިފާއުގައި ނަޝީދު ދަނީ ސަރުކާރުގެ އެންމެ މަތިން ފެށިގެން އެކި ފަންތީގެ ބޭފުޅުންނަށް މުޑުދާރު ތުހުމަތުތަކެއްކޮށް ލިވާތުކުރުން ދިފާޢު ކުރަމުންނެވެ.

މިކަމާއި ގުޅިގެން އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ނަޝީދަށް އަމާޒުވެފައިވާއިރު ނަޝީދު އެކުރައްވާ ތުހުމަތުތައް ބެލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button