ޚަބަރު

ރިސޯޓްތަކުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ސެންޓަރުތަކެއް ޤާއިމްކުރަނީ

ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ އާއިލާ ކައިރިއަށް ދިޔުން ފަސޭހަ ކުރުމުގެ ގޮތުން އެކޮމޮޑޭޝަން ސެންޓަރުތަކެއް ޤާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދު އިޢުލާންކުރެއްވި ގޮތުގައި މުވައްޒަފުންނަށް އެކޮމޮޑޭޓް ވެވޭގޮތަށް ޑިޒައިންކުރެވި, އެސަރަޙައްދެއްގެ ވީހާވެސް ގިނަ ރިސޯޓްތަކަށް އެކްސެސްވެވޭ ގޮތަށް ހަދާ ”ޕޮޕިއުލޭޝަން ސެންޓަރ“ ތަކެއް އަޅަން ވަނީ ނިންމާފައެވެ.

”ފަހި ފަތުރުވެރިކަމަކަށް އަންހެނުން“ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވުނު ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޕޮޕިއުލޭޝަން ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ޕޮޕިއުލޭޝަން ސެންޓަރުތަކާއިއެކު ރިސޯޓް މުވައްޒަފުންނަށް ޚާއްސަކޮށްގެން ޓްރާންސްޕޯޓް ނެޓްވޯކެއް ޤާއިމްކުރުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށާއި މިކަމުން އަންހެނުން ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button