ޚަބަރު
ޕްރައިމަރީ ހެލްތު ކެއާ ފުވައްމުލައް ސިޓީގައި ފަށައި، އަންނަ އަހަރު ހުރިހާ އަތޮޅަކަށް ހިދުމަތް ފުޅާކުރަނީ!
ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން އެ ޕްރޮގުރާމުގެ އަމަލީ މަސައްކަތް ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ފ.އަތޮޅުގައި އެ ޕްރޮގުރާމު ފަށައިގެން މިހާރު ކުރިއަށްދާކަން ފާހަގަކޮށް ހެލްތު މިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވާގޮތުން ސަރުކާރުގެ އަމާޒަކީ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ތައާރަފްކުރުމެވެ.
މި ޕްރޮގުރާމުގެ ދަށުން 18 އަހަރުން މަތީ ހުރިހާ ދިވެހިންގެ މެޑިކަލް ހިސްޓްރީ ނުވަތަ ޕޭޝަންޓް ރެކޯޑު ނަގާއިރު، އޭގައި މިހާތަނަށް ކޮންމެ މީހަކު ކުރި ބޭސްފަރުވާގެ މައުލޫމާތު ހިމެނޭނެއެވެ.
ޕްރައިމަރީ ހެލްތު ކެއާ އަކީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިކޮށްދޭ ގިނަ ކަންކަން އުނގެނުމަށް އޮތް ހަރުދަނާ ޕްރޮގްރާމެކެވެ.