ޚަބަރުސިޔާސީ

ހިތާދޫގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ: ރައީސް

ބ. ހިތާދޫގެ ރައްޔިތުންގެ ބޯހިޔާވަމާ ގުޅޭ ބިންހިއްކުމުގެ މަަޝްރޫއު މިއަހަރު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބ. ހިތާދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި އެރަށަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން އެދުނު ކަންކަން ބަޖެޓު ތަންދޭ މިންވަރަކުން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.

”ހިތާދޫގެ ބިމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ރަށުގެ ބިންހިއްކުން މިހާރު އޮތީ ބަޖެޓު ކުރެވިފަ. އެކަން މިއަހަރު ތެރޭ ފެށިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުޓުބޯޅަ ދަނޑު ރަނގަޅުފެންވަރެއްގައި ހެދުމާއި، ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް ހެދުމާއި، މަގުތަކާއި ސިއްހި މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކުރުމަށް ރައްޔިތުން ވަނީ ރައީސަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހޭންޑްބޯލް ކޯޓެއްވެސް ހިމެނެއެވެ.

އެކަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button