ޚަބަރު

ސްޓެލްކޯ އެމްޑީގެ ހާއްސަ ސަމާލުކަމެއް އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވުމުގެ މަސައްކަތަށް!

ސްޓެލްކޯއިން ބަލަހައްޓާ މާލޭގެ އާސާރީ ބިނާތަކުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަރަށް ގާތުން ބައްލަވަމުން ގެންދަވަން ފައްޓަވައިފިއެވެ.

އެމްޑީ ފަހުމީގެ އަރިހުގައި ހެރިޓޭޛް މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ އެފަދަ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވަން ފައްޓަވާފައެވެ.

އެދެބޭފުޅުންގެ އެންމެ ފަހުގެ ޒިޔާރަތުގައި މާލޭ ހުކުރު މިސްކިތާއި، މުންނާރާއި، ބޮޑުތަކުރުފާނުގެ ޒިޔާރަތާއި، މެދުޒިޔާރަތުގައި ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވާފައެވެ.

އެމްޑީ ފަހުމީ ވިދާޅުވިގޮތުގައި އެ މަސައްކަތުގެ އެންމެބޮޑު ބޭނުމަކީ އަންނަންއޮތް ޖީލުތަކަށް އާސާރީ ތަރިކަތައް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެގޮތެއް ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ކުރުމެވެ.

މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްޓެލްކޯއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button