ތާރީހީ ދުވަހެއް، އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް!
ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމަށް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހިދުމަތް ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ރޭ ދަންވަރު ކުޅުދުއްފުއްޓަށް ކޮށް، ވައުދާއެއްގޮތަށް ސިއްހީ ދާއިރާގެ އައު ލަނޑުދަނޑިއެއް ސަރުކާރުން ހާސިލްކޮށްފިއެވެ.
ދިވެހި އެތައް އާއިލާއެއްގެ ހިތްތަކަށް ތަސައްލީއެއް ލިބުނު މި ބުރަ ބޮޑު އޮޕަރޭޝަން ސިއްހީ ވުޒާރާ އާއި، އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެން ފެށިއިރު، މި އެއަރ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ރޭ މާލެއިން ކުޅުދުއްފުއްޓަށް ކޮށް، ބަލިމީހާ ވަނީ މާލެ ގެނެސްފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހު ފެށުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފާސްކޮށްފައިވާއިރު، ޑޭޝް8ގެ މަރުކާގެ މަތިންދާބޯޓުގެ އިތުރުން ސީޕްލޭން އެމްބިއުލާންސެއްވެސް މި އޮޕަރޭޝަންގައި ބޭނުން ކުރާނެެވެ.
Q28440/1 – 8QIAQ
MLE/HDK/MLE
0100/0155/0225/0320
24 ގަޑިއިރު ހިދުމަތް ލިބޭ މި އޮޕަރޭޝަން ރޭ ހިންގަން ފެށި ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭއިރު، އެކަމަށް ހާއްސަކޮށް 15 މުވައްޒަފުންތަމްރީން ކޮށްފައިވެއެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެކެވެ. އަދި ޑިމާންޑަށް ބަލައި ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ހިދުމަތް ހޯދާ ނިސްބަތަށް ބަލައި، ކުރިއަށް އޮތް ތަނުގައި ބޯޓުތައް އިތުރު ކުރުމާއި އެތެރޭގެ ފަރުމާ ބަދަލުކުރަމުންދާނެކަން ސިއްހީ ވަޒީރު އަބްދުﷲ ޚަލީލު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.
މި ބޯޓުތައް ދަތުރުތަކަށް ތައްޔާރު ކުރުމުގައި މޯލްޑިވިއަން އާއި އުރީދޫގެ އިތުރުން މަންތާ އެއާގެ އެހީތެރިކަން ލިބޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ.
— Dr Mohamed Muizzu (@MMuizzu) February 29, 2024
މިގޮތުން އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާއިރު،
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަހަރުގެ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއެކު ކުރެއްވި މަޝްވަރާތަކުގައި، ރާއްޖެއިން ލަންކާއަށް އެއަރ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓްކުރުމަށް ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.
އެގޮތުން އެއަރ އެންބިއުލާންސް ހިދުމަތް ފެށުމާއެކު ރާއްޖެއިން ބޭރަށް ކުރާ ދަތުރު ކުރުމަށް އެންމެ ފުރަތަމަ ހުއްދަ ލިބިފައި ވަނީވެސް ސްރީލަންކާއަށެވެ. އަދި ހުއްދަތަކަށް ގިނަވެގެން ދެ ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމުގެ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ލަންކާގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި ބަލިމީހުން އުފުލުމަށް ރާއްޖޭގައި މުޅިން އަލަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ރޭ ދަންވަރު ފަށައި، ފުރަތަމަ ފްލައިޓް ކުޅުދުއްފުއްޓަށް!
Q28440/1 – 8QIAQ
MLE/HDK/MLE
0100/0155/0225/0320 pic.twitter.com/gpQRSNsTVk— Bonthi (@BonthiNews) March 2, 2024
އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.