ޚަބަރު

ފޭސް އެކެއްގައި ހުރި މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ

ހުޅުމާލެ ފޭސް އެކެއްގައި ހުރި މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާނު ކޮށްފިއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި މަސްމާރުކޭޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އިން 11:00 ގެ ނިޔަަލަށް ފޯމު ހުށަހެޅޭނެއެވެ.

އެޗްޑީސީން ބުނީ މަސް މާރުކޭޓު ކުއްޔަށް ދޫކުރަނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ކަމަށެވެ. އެއަށްފަހު 11:00ގެ ނިޔަލަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު ހުޅުމާލެ، އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ހަވަނަ ފަންގިފިލާގައި ގުރުނެގުން އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅުން ހުރި އެހެނިހެން މައުލޫމާތު ހޯދުމަށް، ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ލިބޭނެ ކަމަށާއި  www.hdc.mv އާއި properties.hdc.mv އިން ވެސް ލިބޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button