ޚަބަރުސިޔާސީ

މައްޗަންގޮޅި ދެކުނު ޕީޓްރަލްގޭ ސަރަހައްދު އެއްކޮށް ޕީޕީއެމްގެ ފިޔާތޮށި ކުލައަށް!

މައްޗަންގޮޅި ދެކުނު ޕީޓްރަލްގޭ ސަރަހައްދުގައި ޕީޕީއެމްގެ ފިޔާތޮށި ދިދަ ދަމައި، ފިޔަާތޮށިކޮށްލައިފިއެވެ.

އެގޮތުން މައްޗަންގޮޅި ދެކުނު އިސްކަންދަރު މަގާއި، ދިލްބަހާރު މަގާއި، ޕީޓްރަލް ޕާކު ވަށައިގެން ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ އެންޑޯޒު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން، ރަނިންގމޭޓު ކަމުގައިވާ ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ ބިލްބޯޑުތައް ހަރުކޮށްފައިވެއެވެ. އަދި ގިނަ އަދަދަކަށް ދިދަވެސް ދަމާފައިވެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާ އަކީ މީގެ ކުރިން ޑީއާރުޕީ މެޖޯރިޓީ އޮތް ތަނެކެވެ. އެ ޕާޓީ ފަނޑުވުމަށްފަހު ދެން އެ ދާއިރާގެ މެޖޯރިޓީ ޕީޕީއެމުން ނެގިއެވެ. އޭރު އެދާއިރާގެ މެންބަރުކަމުގައި ހުންނެވީ ޕީޕީއެމްގެ މެންބަރު އަބްދުﷲ ސިނާނެވެ. އެހެން ނަމަވެސް ޕީޕީއެމާ ސިނާނާއި ދެމެދު ހިނގި ސިޔާސީ ކޯޅުންގަނޑަކަށްފަހު 19 ރައްޔިތުންގެ މަޖިލީހުން އެ ދާއިރާގެ ރައްޔިތުން ވަނީ އޭނާ ފެއިލްކޮށްލާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ދާއިރާގެ މެޖޯރިޓީ ރައްޔިތުންގެ ވޯޓުން ނެވެ. ދާއިރާގެ މިހާރުގެ މަޖިލީހުގެ މެންބަރަކީ އެމްޑީޕީގެ މެންބަރު އަހުމަދު ހައިތަމެވެ.


އެކަމަކު ރައީސް ސޯލިހުގެ ސަރުކާރުން ގައުމާއި ރައްޔިތުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ތަކެއް ލިބެމުންދާކަމަށް ބުނެ އެ ދާއިރާގެ ގިނަ ރައްޔިތުންގެ ވިސްނުން އެނބުރި ޕީޕީއެމަށް ބަދަލުވެފައިވާކަމަށް ދާއިރާގެ ކަމުވޮޑިގެންވާ ބައެއް މީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ދާއިރާގެ ގިނަ ޒުވާނުންގެ މެޖޯރިޓީ ރައީސް ޔާމީންގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ހޯދައިދޭނެކަމަށް އެ ދާއިރާއަށް ނިސްބަތްވާ ޒުވާނުން ވަނީ ”ބޮންތި“ އަށް މައުލޫމާތު ދީފައެވެ.

”އަޅުގަނޑުމެން މިތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަން ތައްޔާރަށް. މުއިއްޒު ހޮވަން ޖެހެނީ އެހެންވެ.“ ޒުވާނަކު ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުންދާ މި ދަަނޑިވަޅުގައި މާލޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ އަވަށު ތަކާއި، ހިސާބުތަކުގައި އެކި ޕާޓީތަކަށް އޮންނަ ތާއީދު ހާމަކޮށްދިނުމުގެ ގޮތުން ބެނާތަކާއި ބިލް ބޯޑުގެ އިތުރުން، ފޮއްޗާއި ދިދަތައް އަންނަނީ ދަމަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button