ޚަބަރު

ތެލެސީމިޔާ ސެންޓަރެއް ޤާއިމުކޮށް ހިލޭ ބޯންމެރޯ ހަދައިދެނީ

ރާއްޖޭގައި ތެލެސީމިޔާ ސެންޓަރެއް ޤާއިމުކޮށް، ތެލެސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖޭގައި ތިބި ތެލެސީމިޔާ ކުދިންނަށް ރާއްޖެއިން ފަރުވާ ހޯދައިދިނުމަށް ޓަކައި ތެލެސީމިޔާ ސެންޓަރެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށާއި ތެލެސީމިޔާ ކުދިންނަށް އޭރުން ހިލޭ ބޯން މެރޯ ހަދައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ފަރުވާގެ ނިޒާމުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓް ކުރުމަށް މެޑިކަލީ ކޮލިފައިވާ ކޮންމެ ކުއްޖަކަށް އެކަން ކުރެވޭނެ ސިސްޓަމެޓިކް ނިޒާމަކަށް މިކަން ތަސައްވަރުކޮށްގެން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

އެގޮތުން އަންނަ އަހަރު ފަސް ކުއްޖަކަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް  ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަދު ހަފްތާ ތަކެއްގެ ތެރޭގައި އެއް ކުއްޖަކު ބޯން މެރޯ ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ތެލެސީމިއާ ވާރުތަ ކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޓެސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން %30 މީހުން ޑީއެންއޭ ހަދަން ޖެހެއެވެ. އެހެންނަމަވެސް އެކަމަށް އާސަންދަ މިހާރު ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button