ޚަބަރު

100 ދުވަސްތެރޭ މަސްވެރިންގެ ޤައުމީ ދަފްތަރު ހުޅުވާލަނީ

މަސްވެރިންގެ ދަފްތަރެއް އެކުލަވާލައި ކުރިޔަށް އޮތް 100 ދުވަހުގެތެރޭގައި މަސްވެރިންގެ ދަފްތަރުގައި ޖެހެން ހުޅުވާލާނެ ކަމަށް ސަރުކާރުން ނިންމައިފިއެވެ.

ޑިސެންބަރު 10ގައި ބޭއްވި ވަޒީރުންގެ ޖަލްސާގައި ނިންމާފައިވާ ގޮތުން ވީހާވެސް އަވަހަށް މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ އެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލާނެއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފިރުޒުލް މުހައްމަދު ވިދާޅުވީ މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ، މަސްވެރިކަން ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީ ވެސް އެހެނިހެން މަސައްކަތްތެރިންނޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

މި ދަފްތަރުގައި ކަންނެލި މަސް، ކަނޑުމަސް އަދި ފަރުމަސް ބާނާ މަސްވެރިންނަށް އަދި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުންނަށް ރަޖިސްޓަރީ ވެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button