ޚަބަރުސިޔާސީ

ތުރުކީގައި ދިވެހިރާއްޖޭގެ އެންބަސީއެއް ގާއިމްކުރަނީ!

ތުރުކީގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމްކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރާއްޖެއާ ތުރުކީއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 44 އަހަރު ވެފައިވާއިރު، ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމް ކުރުމަށް ނިންމަވާފައިމިވަނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުންނެވެ.

ވަޒީރުންގެ ލަފާފުޅުގެ މަތިން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރަން ނިންމެވި މައިގަނޑު ސަބަބަކީ، ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އިޤްތިޞޯދީގޮތުން ގާތް ދެ ގައުމަކަށް ތުރުކީ ވިލާތާއި ދިވެހިރާއްޖެ ހެދުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ ދަރިވަރުން މަތީ ތަޢުލީމު ޙާސިލްކުރަމުން ގެންދެއެވެ. ފުލުހުންގެ ތަމްރީނު ފަދަ ހަރަކާތްތައް ތުރުކީގައި ކުރިޔަށްދާއިރު، އެ ގައުމުގައި ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދެއެވެ. ތުރުކީއާ ރާއްޖެއާއި ދެމެދު އޮން ގުޅުން އިތުރަށް ވަރުގަދަ ކުރެއްވިއްޖެނަމަ ވިޔަފާރީގެ ރޮނގުން ވެސް ފައިދާކޮށް، ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ގެންދިއުމަށް ހުރި ހުރަސްތައް މަދުވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button