ޚަބަރުސިޔާސީ

ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު ފިލާތިބެ މަސައްކަތް ކުރަނީ: ސައީދު

ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު ފިލާތިބެ މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އަދި ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރި ވާން ނުޖެހޭކަމަށާއި، އިޤްތިޞާދީ ޙާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށްވުރެ ވެސް ބާރަށް ރަނގަޅުވަމުން ކަމުގައި ވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

 

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ މި މަހު 15ވަނަ ދުވަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

”ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ބަޔަކު ފިލާތިބެ މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން. ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރި ވާކަށްނުޖެހޭ. އިޤްތިޞާދީ ޙާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށްވުރެ ވެސް ބާރަށް ރަނގަޅުވަމުން“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button