ޚަބަރު

ހުޅުދުއްފާރުގައި ހިންގި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި 

ރ. ހުޅުދުއްފާރުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ޖުމްލަ 30 ފަރާތެއް މި ޕްރޮގުރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 21 ބައިވެރިންނެވެ.

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ނިޒާމްއެވެ.

އެފްރީލް 5، 2023ގައި ފެށި މި ޕްރޮގްރާމު ނިންމާލާފައި ވަނީ އޮކްޓޫބަރ 27، 2023ގައެވެ.  މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެކެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button