ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ދިއްފުއްޓަށް ލިބޭނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ ސްޓެލްކޯގެ ރަސްމީ އެކްސް ހެނޑްލްގައެވެ.
ރޯދަމަހާއި މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަދި ލޯޑް މަތިވުމުގެ ސަބަބުން ކ. ދިއްފުށީގައި މިކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ދިއްފުއްޓަށް ލިބިދެވޭނެކަން ޔަޤީން ކުރުމަށް، މައި ޑިސްޓްރިބިއުޝަން ބަހުގެ ލޯޑް ބެލެންސިންގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.