ޚަބަރު
ބޭރުން އަންނަ މީހުން ގެތަކުގައި ކަރަންޓީނު ނުކުރެވޭނެ
ރާއްޖެ އިން ބޭރުން އަންނަ ބިދޭސީން ގެތަކުގައި ކަރަންޓީން ކުރުން މަނާކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ކުރިން މީހުން ދިރިއުޅޭ ގޭގޭގައި ބިދޭސީން ކަރަންޓީނު ކުރެވުނު ކަމުގައި ވީނަމަވެސް މާދަމަ އިން ފެށިގެން މީހުން ދިރިއުޅޭ ގޭގޭގައި ބިދޭސީން ކަރަންޓީނު ނުކުރެވޭނެ ކަމަށެވެ.
މި ގޮތަށް އަމަލު ކުރަން ފެށީ ކޮވިޑް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.