ޚަބަރު
ކުޅިވަރު ކުޅޭ ފަރާތްތަކާއި ކަސްރަތު ކުރާ ފަރާތްތަކަށް އިތުރު ލުއިތަކެއް
ކުޅިވަރު ކުޅޭ ފަރާތް ތަކާއި ކަސްރަތު ކުރާ ފަރާތް ތަކަށް އިތުރު ލުއިތަކެއްދޭން ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއެކޭ އެއްފަދައިން އާންމު އުސޫލުގެ މަތިން ކުޅިވަރު ކުޅެވޭނެކަމަށާއި އަދި ކަސްރަތު ކުރާ ފަރާތްތަކަށް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އެ ހަރަކާތްތަށް ކުރިއަށް ގެންދެވޭނެއެވެ.
އެހެން ނަމަވެސް ކުޅިވަރު މުބާރާތްތަށް ބޭއްވުމުގެ ހުއްދައެއް އެޗްޕީއޭއަކުން އަދި ނުދެއެވެ.