ޚަބަރުސިޔާސީ

އެޗްސީއައިޖީގެ އިސްވެރިން ރައީސް ޑރ. މުއިއްޒާ ބައްދަލުކުރައްވައިފި

ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕް (އެޗްސީއައިޖީ) ގެ އިސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެޗްސީއައިޖީގެ އެމްޑީ ކައި ޑިއަންވޭ އާއި އެ ކުންފުނީގެ އިސްވެރިން މިއަދު ވަނީ އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި،  ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދު  ޗައިނާއަށް ވަޑައިގެންނެވުމުން އެ ގައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އެ ގައުމުގެ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ގައުމުގެ ވެރިންނާއި ރައީސް މުއިއްޒު ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

އެގޮތުން، ސިނަމާލެ ބްރިޖު ހެދި ޗައިނާ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)ގެ ވެރިންނާ ވެސް ޑރ.މުއިއްޒު ވަނީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button