ޚަބަރު

މޫސުން ގޯސްވެ، އާ އަހަރުގެ ޝޯވ ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރު ފެށުމުގެ މުނާސަބަތުގައި ސަރުކާރުރުން ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް2024“ ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް ފަސްކުރަން ޖެހިއްޖެއެވެ.

ޔޫތު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތްނަމަވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތް ފަސްކުރެވުނުކަން އެބަޔާނުގައި ހާމަކުރައްވައިފައިވެއެވެ.

ފެސްޓިވަލް ބާއްވާނެ ތާރީގެއް ފަހުން އަންގަވާނެކަމުގައިވެސް އެބަޔާނުގައި ލިޔުއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button