2024ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއުއަށް ޕްރައިމަރީއާ ނުލައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރަައިމަރީއަށް ބާރަށު ދާއިރާއަށް ޝުޖާއު ނޫން އެހެން މެންބަރެއް ކުރިމަތިލާފައި ނުވާތީ އެ ދާއިރާގެ ޕާޓީ ޓިކެޓް ޝުޖާއުއަށް ވަނީ ލިބިފައެވެ.
ޝުޖާއު އަކީ މިހާރު މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލޭ ދާއިރާ ތަމްސީލު ކުރައްވާ ކައުންސިލަރެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލު ކުރައްވާފައެވެ.