ޚަބަރުސިޔާސީ

އަންނަ ހަފްތާއިން ފެށިގެން މެޑިކަލް ޗެކަޕްގެ ޚިދުމަތް އާސަންދައިގެ ދަށަށް

އަންނަ ހަފްތާއިން ފެށިގެން މެޑިކަލް ޗެކަޕްގެ ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ފެށޭ ހަފްތާގައި މެޑިކަލް ޗެކަޕް ހެދުމަށް އާސަންދަ ހަމަޖެހޭނެ ކަމަށާއި ކޮންމެ އަހަރަކު ދެފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްޤެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އާސަންދައިން ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ފަރުވާގެ ކަންކަން އެ ނިޒާމުގެ ތެރެއިން ކުރެވޭނެ ގޮތް ފަހިކޮށްދީ ދައުލަތުގެ ސިއްހީ ނިޒާމުގައި ވަސީލަތްތައް ގިނަކޮށް، ސަރުކާރު ހޮސްޕިޓަލްތަކުން ފަރުވާ ނުލިބުމާއި ފަރުވާ ނުލިބި ލަސްވާ މައްސަލައަށް ހައްލެއް ގެނައުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button