ޚަބަރުސިޔާސީ

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

ނޮވެންބަރު މަހު 15ވަނަ ދުވަހު ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ މަގާމަށް އެދި ހުށަހަޅަން ހުޅުވާލާފިއެވެ.އެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00އެވެ.

ޤާނޫނުގައިވާ ގޮތުގައި ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލުކަން ވަޒަން ކުރުމަށްފަހުއެވެ. އެހެން ކަމުން ޕޮލިސް ބޯޑުން ވަޒަންކޮށް، ހޯމް މިނިސްޓަރަށް ނަންތައް ހުށަހެޅުމުން ސީޕީގެ މަގާމަށް މިނިސްޓަރުގެ ލަފާގެ މަތިން ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button