އެމްޑީޕީގެ ސުޕަރ މެޖޯރިޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އިބްރާހިމް އަބާން އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން އިއްޔެ ފާސްކުރުމާއިގުޅިގެން އަބާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމުގައެވެ.
”ފެންނަނީ އެމްޑީޕީން ސުޕަމެޖޯރިޓީ ނާޖާއިޒުގޮތުގައި ބޭނުން ކުރަން އުޅޭ މަންޒަރު.ރައްޔިތުން އިންތިހާބުކުރި ވެރިޔަކު، ވެރިކަން ކުރަން ފުރުސަތުނުދީ އަޒުލުކުރަން މަސައްކަތް ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުން ފެނިގެންވާނެ މަންޒަރެއްނޫން.“ އަބާން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ”ބޮންތި“ އަށް ދެއްވަމުން އަބާން ވިދާޅުވީ އެކަން އެކުރަނީ ރިޔާސީ އިންތިހާބުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބު ގަބޫލުކުނުކުރެވިގެން ކަމުގައެވެ. އަދި އެ އިސްލާހު ފާސްކުރަން އުޅެނީ ދުރާލާ ރާވައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އަޒުލުކުރަން ކަމަށާއި އެކަން ނާކާމިޔާބު ކޮށްލާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
”މިއީ ހުދުމުހުތާރު ކަމުގެ އިންތިހާ.“ އަބާން ވިދާޅުވިއެވެ.
އަބާން މިފަދައިން ވިދާޅުވިއިރު، މަޖިލީހުގައި މިހާރު ތިއްބެވީ 80 މެމްބަރުންނެވެ. އަދި މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ނުވަތަ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުން ވަކިކުރެވޭނެ އެވެ.
Thee hama amilayah hadha gaanoo n thakuge molhukan
ދައިރާގެރައްއިތުންބޭނުންވީމާމަޖިލީހުގެގޮޑިންއެމެންބަރެއްވަކިކުރެވޭގޮތަށްއޮތުންމާމުހިތްމު