ޚަބަރު
ޕީޖީ އޮފީހުގެ ވަކީލު ޝަފީއުއަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަން ފަށައިފި
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ދީނަށް ފުރައްސާރަކޮށް، އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމުގެ މައުލޫމަތު ލިބިއްޖެއެވެ.
ޝޯޝަލް މިޑިއާގައި ދައުރުވަމުންދާ، ދީނަށް ފުރުއްސާރަކޮށް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއްގައި ފެންނަ މީހަކީ ވަކީލު ޝަފީއު ކަމަށް ބެލެވޭކަމުގެ ތުހުމަތު ކުރެވި މީހުންގެ ފާޑުކިޔުން ދަނީ އިތުރުވަމުންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.