އުރީދޫ ގްރޫޕްގެ ސީއީއޯ ޝައިހް މުހައްމަދު ބިން އަބްދުالله އަލްޘާނީއާއި، މެނޭޖްމަންޓްގެ އިސް ބޭފުޅުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުނކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވިބައްދަލު ކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ވަނީ އުރީދޫ ގްރޫޕުން ދިވެހި ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި، ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ސީއެސްއާރު އިނީޝިއޭޓިވްސްގެ ދަށުން އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ތަފްސީލު ރައީސަށް ދެއްވާ، ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ލިބިފައެވެ.