ޚަބަރުސިޔާސީ

ނަވާޒުގެ ނަން އަނބުރާ ނަގައި، މަހާއަށް ތާއީދުކޮށްފި

2024 ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ގދ. ވާދޫއިން ޕްރައިމަރީއަށް ވާދަ ކުރާ ކެންޑިޑޭޓް ނަވާޒް ސައީދުގެ ނަން އަނބުރާ ނަގައި މަޙްމޫދު ޝަފީޤް (މަހާ)އަށް ތާއީދުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަހާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމުތައް ފުރުއްވާފައެވެ.

މަހާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނިންމެވީ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ޒުވާނުންގެ ދައުރު މުހިއްމު ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

”އަޅުގަނޑަކީ ރައީސްގެ ބިނާކުރުވަނިވި ފިކުރު ހަގީގަތަކަށް ހަދައިދިނުމުގައި އަދި ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ މީހަކަށް ވާނެތީ މިގޮނޑިއަށް ވާދަކުރަން ނިންމީ. އަދި ދާއިރާގެ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމުގައި އަޅުގަނޑަށްވުރެ ވަކިން ބޮޑަށް މަސައްކަތް ކުރެވޭނެ އެހެން ބޭފުޅަކު ހުރިކަމަށް ގަބޫލު ނުކުރެވޭތީ މިގޮނޑިއަށް ވާދަކުރަން ނިންމީ.“ ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން މަހާ ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button