ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަނީ

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 17 ވާ އާދިއްތަ ދުވަހު ހުޅުވާލާ ގޮތަށް ނިންމައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އާންމު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ، ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަވަސް ތާރީޚެއްގައި އިއުލާނު ކުރާނެކަމަށެވެ.

އެގޮތުން މި މަހު 17ވަނަ ދުވަހު އެ މުބާރާތުގައި ބައިވެރި ވުމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައި ލެވޭނެކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މި ފުރުސަތު 18 ޖެނުއަރީ 2024ގެ ނިޔަލަށް އޮންނާނެކަމަށް ވެސް އެ މަރުކަޒުން ބުނެފައިވެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ވެބްސައިޓް ނުވަތަ ފޭސްބުކް  ޕޭޖުގައި ޝާއިޢުކުރެވޭ ލިންކު މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. އަދި، މީގެ އިތުރުން، އެ މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެ މަރުކަޒުގެ ވެބްސައިޓް ’chq.gov.mv‘ އިން ލިބެން ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button