ޚަބަރުސިޔާސީ

ރައީސް ޔާމީން ބޭނުންފުޅުވާގޮތަށް ލީޑާޝިޕުން ކަން ނުކުރުމުން ޕާޓީ ދޫކުރައްވައި އާ ޕާޓީއެއް ހައްދަވަނީ

ޕީޕީއެމްގެ ސެނެޓަރ އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕާޓީ ބަދުނާމު ކުރި މައްސަލައިގައި މަގާމުން ސަސްޕެންޑް ކޮށް އޭނާ ވަކި ކުރުމަށް ސުލޫކީ ކޮމެޓީން މިއަދު ނިންމާފައިވާ ދަނޑިވަޅާ ދިމާކޮށް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާޓީ ދޫކުރައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.

މިކަން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޔާމީންވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައެވެ. އަދި އެއީ މޯލްޑިވްސް ކޮންޒަވޭޓިވް ޕާޓީގެ ނަމުގައި އުފައްދާ ޕާޓީއެއްކަމަށް އެމަނިކުފާނުގެ އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

އާ ޕާޓީއެއް އުފައްދަވަން ރައީސް ޔާމީން ނިންމެވީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ނުނަންގަވާތީ ކަމަށާއީ އެއީ އެމަނިކުފާނަށް ފަސޭހަފުޅު ނިންމުމެއް ނޫން ކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button