ޚަބަރުސިޔާސީ

ޕީސީބީއަށް ތިން މެންބަރުން އައްޔަން ކުރައްވައިފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ތިން މެންބަރަކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޕީސީބީއަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށް، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
ޕީސީބީއަށް އައްޔަންކުރެއްވީ؛
1. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު،

2. ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް، އަދި

3. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމެވެ.

ސަރުކާރުން ގެންދަވަނީ އެކިއެކި ވުޒާރާތަކާއި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަގާމުތަކުގައި ތިއްބަވާނީ ތަޢުލީމީ، ގަދަރުވެރި، ގާބިލު ބޭފުޅުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button