ޚަބަރުސިޔާސީ

ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު (ސެމްބެ) ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި “ހަފްތާ 14“ ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްސާކުރައްވައި އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

“ހަފްތާ 14“ ގައި ޖުމްލަ 161 ވައުދު ހިމެނެއެވެ. މި ބައްދަލުވުމުގައި ވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ވަނީ ހިއްސާ ކުރައްވާފައެވެ.

“ހަފްތާ 14“ ގެ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ސޯޝަލް ކައުންސިލު ހިމެނޭހެން ޖުމްލަ ތިން ކައުންސިލެއް ސަރުކާރުން ވަނީ އެކުލަވާލައްވާފައެވެ.

އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button