ޚަބަރު

އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު އެމްޑީޕީއަށް: ޑރ.މުއިއްޒު ހުވާ ކުރާ ހަފްލާއަށް ހިޔަންޏެއް އެޅިލިޔަސް، އެކަން ހުއްޓުވާނަން!

ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު، ހުވާކުރެއްވުމުގެ ރަސްމިއްޔާތައް ނުފޫޒެއް ނުވަތަ ހިޔަނި އެޅޭފަދަ އެއްވެސް ކަމެއް އެމްޑީޕީން ކޮށްފިނަމަ، އެކަމެއް ހުއްޓުވުމަށް އެމަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު ހަވީރު މަޖިލީހުގަައި އެޖެންޑާކޮށް، ޖަލްސާ ކުރިއަށް ދިޔަ ވަގުތު، އިސްތިއުފާ ދެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އޮމާންކަމާއެކު ބާރު ފުރޮޅިގެން ނުގޮސްދާނެކަމުގެ ކަންބޮޑުވުން އަބަދުވެސް އެމަނިކުފާނުގެ ހިތްޕުޅުގަައި އޮންނަ ކަމުގައެވެ.

”ތިޔަ ވިދާޅުވި ނުކުތާ އަޅުގަނޑުގެ ހިތުގައި ވިންދު ޖަހަޖަހާ އެބަހުރި. އަޅުގަނޑު އުންމީދު ކުރަން އެ ބާވަތުގެ ކަމެއް ނުހިނގާނެކަމަށް. އަދި ހިނގަން ފަށައިފިނަމަ، އަޅުގަނޑު އެކަމެއް ހުއްޓުމަށް ވީ ހުރިހާ މަސައްކަތެއް ކުރާނަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ރައީސް ނަޝީދު ބަލައިގެންފައިވާގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެކަނި ނޫން ކަމަށާއި، އެމަނިކުފާނަކީވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަން ސީދާ ވިދާޅުނުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ ނިޒާމަށް ގެއްލުމެއް އައިސްފިނަމަ، އެކަމަކަށް ފަރުވާއެއް ހޯދުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button