ޚަބަރުސިޔާސީ

ކާކުކަން ނޭގުނަސް މަޤާމްތަކަށް އައްޔަނުކުރާނީ ރައީސްގެ އިތުބާރު ކުރައްވާ ބޭފުޅުން: އިއްބެ

ކޮންބައެއްކަން ނޭނގުނަސް އާ ސަރުކާރުގެ އިސްވެރިންގެ ގޮތުގައި އައްޔަނު ކުރާ ފަރާތްތަކަކީ ޑރ. މުހައްމަދު މުއިއްޒު އިތުބާރުކުރައްވާ ބޭފުޅުންކަމަށް ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މި ޓްވީޓް ކުރެއްވީ، އާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކާއި ގުޅިގެނެވެ. އެ ލިސްޓްގައި ސިޔާސީ ދާއިރާގައި މަސައްކަތް ނުކުރައްވާ އާ މޫނުތަކެއް ތިބި ނަމަވެސް ތިއްބެވީ ތަޢުލީމީ ފަރާތްތަކެވެ.

ދައުރުވާ ލިސްޓުގައި ތިއްބެވި ބޭފުޅުންގެ ގޮތް ނޭނގިގެން ޓްވީޓާގައި ބައެއް ފަރާތްތަކުން ކުރަމުންދާ ޓްވީޓްތަކާއި ގުޅިގެން އިބްރާހިމް ވިދާޅުވީ، ކަންބޮޑުވުމުގެ ބޭނުމެއް ނެތް ކަމަށާއި ޑރ. މުއިއްޒު ރައްޔިތުންގެ އިތުބާރު ދަމަހައްޓާނެ ކަމަށެވެ.

މީގެ އިތުރުން އޭވާ ވިދާޅުވީ، ދައުރުވާ ލިސްޓާއި ގުޅިގެން ބަހުސް ކުރުމުގެ ބަދަލުގައި ކެއްތެރިވުމަށެވެ. މި މަހުގެ 17 ވަނަ ދުވަހު ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާ އިރު، ކުންފުނިތަކުގެ އިސް ވެރިންނާއި ކެބިނެޓްވެސް އެނގިގެންދާނެއެވެ. މިހާރު ދައުރުވާ ލިސްޓާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، އެލިސްޓުގެ 95 އިންސައްތަ ރަނގަޅުކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button