ޚަބަރުސިޔާސީ

ސާޖިދާއަށް ސިވިލް ސާވިސްގެ ހިދުމަތުގައި ހުންނެވުމަށް ގާނޫނީ ހުރަހެއް ނެތް: ސީއެސްސީ

ފަސްޓްލޭޑީއަށް ވުމަށްފަހުވެސް ސާޖިދާ މުހައްމަދުއަށް ސިވިލް ސާވިސްގެ ހިދުމަތުގައި ހުންނެވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ގޮތުގައި މިހާރު ހުންނެވި ސާޖިދާ މުހައްމަދު، ފަސްޓްލޭޑީއަށްވުމަށް ފަހުވެސް ބޭނުން ވަނީ ސިވިލް ސާވިސްގައި މިހާރު ވެސް އަދާކުރައްވާ ވަޒީފާގައި ދެމި ހުންނެވުމަށެވެ.

މީގެ ކުރީގެ ރައީސްއެއްގެ އަނބިކަނބަލުން ވެރިކަމުގެ ދައުރުގައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރައްވާފައެއް ނެތެވެ.

އިންޓަވިއުތަކުގައިވެސް އެކަމަނާ ވަނީ، ކުރައްވާ މަސައްކަތްޕުޅަކީ ވަރަށް ބޭނުން ވެގެން ކުރައްވާ ކަމެއް ކަމަށް ފާހަގަކުރައްވާ އެ މަގާމުގައި ހުންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެއެވެ. ސާޖިދާ ވަނީ އެދާއިރާއިން ކިޔަވާ ވިދާޅުވެފައެވެ. އަދި ސިވިލް ސާވިސްގައި އެކަމަނާ މަސައްކަތްކުރައްވާތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button