ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ޔަގީން: އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ނޭނގުނު ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ޔަގީން ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު އައްޑޫއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުން ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ބުނަމުން ގެންދިޔަ ނަމަވެސް އިންޑިއާގެ ޓެކްނިކަލް ބޭފުޅުން އެކި އެކި ޕްރޮޖެކްޓްތަކުގައި ރާއްޖެ އައިސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ނޭނގުނު ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބިކަން ޔަގީންވެފައިވާ ކަމަށެވެ.

ވެރިކަން ލިބިވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް ރާއްޖޭގައި އޮވެގެން ނުވާނެކަމަށް އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button