ޚަބަރު

ނުރައްކާތެރި ހާދިސާތައް ނުހިނގާނެ ގޮތަށް ފިޔަވަޅު އަޅުއްވާދެއްވާ: ޑރ.މުޢިއްޒު

މަކުނުދޫގައި ހިނގާދިޔަ ނުރައްކާތެރި ހާދިސާގައި ދެ މީހަކު ވަނީ ނިޔާވެފައެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ނުހިނގާނެ ގޮތަށް ފިޔަވަޅު އަޅުއްވާ ދެއްވުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެރަށުގައި ހުންނަ ނަރުދަމާގެ މަސައްކަތް ކުރާ ސައިޓުގައި ގޭސް ސިލިންޑަރެއް ގޮވައި ދެ މީހުން ނިޔާވި މި ހާދިސާއާ ގުޅިގެން ޑރ.މުޢިއްޒު ނުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ހާދިސާގެ ޚަބަރު އިވިވަޑައިގަތީ ފުންހިތާމައާއި ކަންބޮޑުވުމާއެކު ކަމަށެވެ.

އޭގެ އިތުރުން މި މަހުގެ 19 ވަނަ ދުވަހު ހދ.ކުޅުދުއްފުށީގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި އެ ހާދިސާގައިވެސް ބަޔަަކަށް އަނިޔާވެފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ހާދިސާތައް ކުރިމަގުގައި ނުހިނގާނެ ގޮތަށް  ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅުތައް އަޅުއްވާދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button