ޚަބަރު
ފަލަސްތީނާއެކު ދިވެހިން: ރައިޓް މޫވްމަންޓްގެ ހިނގާލުން

20 އޮކްޓޫބަރު2023ގައި ރައިޓް މޫވްމަންޓްގެ ފަރާތުން ބޭއްވި ހިނގާލުމަކީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ދިމާވެފައިވާ ހިތާމައިގައި ދިވެހިން ބައިވެރިވެ ތިބިކަން ހާމަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމެކެވެ.
މި ހިނގާލުން ބާއްވާ ހިނގާލުމުގެ ހުރިހާ ކަމެއް ބަލަހައްޓާފައިވަނީ ރައިޓް މޫވްމަންޓްގެ އޮފިޝަލުންނެވެ. ހިނގާލުން ފެށިގެން ކުރިއަށް ގެންދެވިފައިވަނީ ރަސްފަންނުންނެވެ. އަދި ހެންވޭރު ދަނޑާހަމައަށް ނިންމުނު މި ހިނގާލުމުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެފައެވެ.