ޚަބަރު

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ ބިލު އަވަސް ކޮށްދިނުމަށް ޑރ.މުއިއްޒު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ހަތަރު މީހުންނަށް އަނިޔާ ލިބި، އޭގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް ބޭރަށް ވަނީ ފޮނުވާފައެވެ. އަދި މަކުނުދޫގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ.

މި ހާދިސާތަކާ ގުޅިގެން އިންތިޚާބީ ރައީސް ނެރުއްވި ބަޔާނެއްގައި ވަނީ އެ ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، އެފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އިލްތިމާސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button