ޚަބަރު

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 15 ބޭފުޅުން!

ސިވިލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް 15 ބޭފުޅުން ކުރިމަތިލައިފިއެވެ.

ސިވިލް ކޯޓުގެ މަގާމެއް ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ނިމާލް މިދިޔަ މަހު 19 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
ސެޕްޓެމްބަރު މަހުގެ 21އިން ފެށިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެވިފައިވަނީ ވަނީ ފަނޑިޔާރު ފަރުހާދު ރަޝީދުއާއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލީ 15 ބޭފުޅުންގެ ލިސްޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިއުލާނު ކުރައްވާފައެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ ބޭފުޅުން:

 1. މުހައްމަދު ނިޡާމް، މ. މޮޑަންކޮމެޓް، ކ. މާލެ
 2. ނަފީލު މުހައްމަދު، ލަކީހޯމް، ގއ. ދާންދޫ
 3. މުހައްމަދު އިހްސާން، ނޫރުވާދީ، ކ. ތުލުސްދޫ
 4. މުސްތަފާ އަހުމަދު، ކަނީރުމާގެ، ރ. އަނގޮޅަތީމު
 5. އަލީ ނަސީރު، ގާޑެނިޔާވިލާ، ބ. ކިހާދޫ
 6. އާދަމް ދާލިފް، އޯކިޑުމާގެ، ގއ. ގެމަނަފުށި
 7. ހައްމާދު ވާފިރު، ނުރަންމާގެ، ގއ. ދާންދޫ
 8. މުހައްމަދު ވިދާން ޝާކިރު، ހ. ހުދުފިނިފެންމާގެ، ކ. މާލެ
 9. މަރްޔަމް ޝާނީ، ސަނދުބަރަކާގެ، ހއ. ދިއްދޫ
 10. އަބްދުއްސަލާމް އަލީ، ރޯޒްލީން، ށ. މާއުނގޫދޫ
 11. ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
 12. ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021
 13. ފަތުހުﷲ ޖަމީލް މޫސާ، ނަލަމަލަ، ލ. މާވަށް
 14. އާއިޝަތު އަރީޝާ ނަޖީބް، ވ. ބުރެވި، ކ. މާލެ
 15. އަހުމަދު މައުސޫމް، ހަވީލީ މަންޒިލް، ލ. މާބައިދޫ

Leave a Reply

Your email address will not be published. Required fields are marked *

Back to top button