ދެން އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މިކަމާ ގުޅިގެން އިދިކޮޅުން ވަކި ޖަވާބެއް ދީފައިނުވާ އިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން އެއްވެސް ކެނޑިޑޭޓަކަށް ތާޢީދުކޮށްފައެއް ނުވެއެވެ.
ޑިމޮކްރެޓްސްގެ ލީޑަރު ރައީސް ނަޝީދުވަނީ އަލުން އެމްޑީޕީއަށް ގުޅުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.