ޚަބަރު

ޤާނޫނީ އޮނިގަނޑެއް އެސްޑީއެފް ފަނޑު ބެލެހެއްޓުމަށް އެކުލަވާލާފައެއް ނެތް: އޮޑިޓް

އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ގަވައިދުތައް ސޮވެރެއިން ޑިވެލޮޕްމެންޓް ފަންޑުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިނުވާކަމަށް އޮޑިޓު އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ މާލީ ބަޔާނާއި ގުޅިގެން ނެރިފައިވާ އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި އެސްޑީއެފް ގާއިމު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ލިޔެކިޔުމަށް ރިއާޔަތްކޮށް އިކޮނޮމިކް ޔޫތު ކައުންސިލުންވަނީ ފިނޭންސް މިނިސްޓްރީއާއި އެ ފަންޑު ބެލެހެއްޓުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރާނެކަމަށް ފާހަގަކޮށްފައިވާކަމަށެވެ.

އެ ފަންޑުގެ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން ފަންޑުން ބޭނުން ކުރުމުގެ އުސޫލުތައް ބިނާ ކުރެވޭނީ އެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ފިނޭންސް އިން މި މައްސަކަތް ކޮށްފައިނުވާކަމަށް އޮޑިޓުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button