ޚަބަރު

މާލޭގެ ރަށްވެހިކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ ހައިކޯޓަކުން ނުބެލޭނެ

މާލޭގެ ރަށްވެހިން ކަމަށް މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ނުބެލޭނެކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ދުސްތޫރީ މައްސަލައެއް ކުރިޔަށް ގެންދިއުމުގައި ބަލަން ޖެހޭ އަސާސީ ކަމަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެ ކަންތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގއައި ހިމެނޭ ކަމެއްތޯ ކަމެއް ކަމަށް މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައިވެއެވެ. އަދި ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބަލަންޖެހޭ ކަމެއްގެ އިހްތިސާސް ގެ ތެރޭގައި އެކަމެއް ހިމެނިގެން މެނުވީ، އެއީ ދުސްތޫރީ މައްސަލައެކަމަށް ވިޔަސް، ފުރަތަމަ މަރުހަލާގައި ހައިކޯޓަށް އެ މައްސަލައެއް ނުބެލެވޭނެކަމަށް އެ ކޯޓުގެ ހުކުމުގައިވެއެވެ.

އިތުރަށް މި ހުކުމުގައިވަނީ ދުސްތޫރީ މައްސަލައެއް ބެލުމަށް ޤާނޫނުއަސާށީން ކޮންމެ ކޯޓަށް ބާރު ލިބިދީފައި އޮތް ނަމަވެސް އެބާރުގެ ބޭނުން ކުރެވޭނީ އެކޯޓަކަށް ޤާނޫނުން އިހުތިސާސްވެސް ލިބިދޭ ނަމަ ކަމަށެވެ. އަދި ޤާނޫނީ އިސްތިލާހުގައި މައްސަލަ ބެލުމުގެ ބާރާއި އިހުތިސާސަކީ ތަފާތު ދެ އެއްޗެއްކަމަށް ފާހަގަކޮށް ޤާނޫނުން ބާރުދީފައި އޮތަސް އެކަމުގެ އިހުތިސާސަ ނެތި އަދި އެކަމެއް ނުކުރެވޭނެކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނެފައިވަނީ އެހެންކަމުން، ހައިކޯޓުން ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ހައިކޯޓުން ގާނޫނުއަސާސީ މާނަކުރާ ކުރުމަކީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ދުސްތޫރީ މައްސަލއެއް ބެލުން ކަމުގައި ނުވާނެކަމަށާއި ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަ ކުރުމާ ގުޅޭ ގޮތުން ހުށަހެޅޭ ދުސްތޫރީ މައްސަލައަކީ ހައިކޯޓުގެ އިހުސާސްގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ނުވާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button