ޚަބަރުސިޔާސީ

ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު ފައުޖެއް އުފައްދައި ރަށު ތެރެއަށް ނެރެން ހުށަހަޅައިފި

ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ ޖަމާއަތެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގައިވާގޮތުން ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެއެވެ.

”ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި. ސަރުކާރުގެ މީހެއް ކަމަށް ބުނެ ސްޓޭޓް މިނިސްޓަރަކަށް އިހަކަށް ދުވަހު ހަމަލާ ދީފި.“ ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި، ސިފައިންނާއި، ތަންފީޒީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް ރަށުތެރެއަށް ނެރެން ޖެހޭ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button