ޚަބަރުސިޔާސީ

އަދީބާއި ޒިޔަތަށް މާފުދީ މިނިވަންކޮށްފި!

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތަށް މައާފުދެއްވައި ދެ ބޭފުޅުންވެސް މިނިވަންކޮށްފިއެވެ.

އަދީބާއި ޒިޔަތު މިނިވަންކޮށްފައިވަނީ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިންނެވެ. އަދީބުވަނީ ނިމުނު ރިޔާސީ އިންތިޚާބުގެ ކުރިން އޭނާއަށް ޕެރޯލުގެ ޤާނޫނުގެ ދަށުން މައާފު ދިނުމަށް އެދިވަޑައިގެން ސަރުކާރަށް ހުށަހަޅުއްވާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

ޒިޔަތު މިނިވަން ކުރީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މިނިވަންކުރި އިރު, ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ތިއްބެވިކަމަށް ދައުލަތުން ތުހުމަތުކުރާ އަދީބާއި ޒިޔަތުވެސްވަނީ އެބޭފުޅުންގެ މައްޗަށް އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ކުރި ދައުވާތަކަށް އިއުތިރާފުވެވަޑައިގެންފައެވެ. އެ ބޭފުޅުން އެ ދައުވާތަކަށް އިއުތިރާފުވެވަޑައިގަތީ އެ މައްސަލާގައި ދައުލަތާއެކު ހެއްދެވި އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button